ތަޢުލީމީ އައު އަހަރާއެކު ރައީސްގެ އިލްތިމާސް: މިއީ ދީނީ އަދި ޤައުމީ ބޮޑު އަމާނާތެއް

ތަޢުލީމީ އައު އަހަރާއެކު ރައީސްގެ އިލްތިމާސް: މިއީ ދީނީ އަދި ޤައުމީ ބޮޑު އަމާނާތެއް

Author
ހުސެއިން
27 ޖެނުއަރީ 2026 09:48
0

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން، ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ މަތިވެރި ވާޖިބެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނދާންކޮށްދެއްވައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި ޚިޠާބެއްގައި ރައީސް ވިދާޅުވި ގޮތުގައި، ޤައުމަށް އުޖާލާ މުސްތަޤުބަލެއް ލިބުން ބިނާވެފައިވަނީ ތަޢުލީމީ ދާއިރާގެ އެންމެހައި ފަރާތްތަކުން ގުޅިގެން، އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތުގެ މައްޗަށެވެ. އެހެންކަމުން، މި ބޮޑު ޒިންމާ އަދާކުރުމުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

އައު އަހަރާ ކުރިމަތިލާއިރު، ތަޢުލީމީ ދާއިރާގެ އިސްވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ހުރިހާ ދަރިވަރުންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ ފޮނުއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ މަދަރުސާތަކަކީ ތޫނުފިލި، ރިވެތި އަޚްލާޤުގެ ވެރި ދަރިންތަކެއް ބިނާކުރާ، އަމާން އަދި ހިތްފަސޭހަ މާހައުލުތަކަކަށް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.

މިއަދު ފެށުނު ދިރާސީ އައު އަހަރުގައި ސަރުކާރުގެ 218 ސްކޫލެއްގައި ކިޔެވުން ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 77،000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާނެއެވެ. އަދި މި ދަރިވަރުންގެ އުނގެނުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި 10،500 އަށްވުރެ ގިނަ މުދައްރިސުން ޚިދުމަތުގައި ދެމިތިއްބަވާނެކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.