އަމާން ދޯދި ޓަވަރުގައި ރޯވީ ކުނިތަކެއްގައި، އިމާރާތުގެ ނިޒާމުތަކަށް ގެއްލުން ނުވާކަމުގެ ޔަގީންކަން ދީފި

އަމާން ދޯދި ޓަވަރުގައި ރޯވީ ކުނިތަކެއްގައި، އިމާރާތުގެ ނިޒާމުތަކަށް ގެއްލުން ނުވާކަމުގެ ޔަގީންކަން ދީފި

Author
ޙަސަން މުޙައްމަދު
23 ޖެނުއަރީ 2026 10:45
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ދޯދި ޓަވަރު 1 ގެ ގްރައުންޑް ފްލޯގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެ އިމާރާތުގެ ވެންޓިލޭޝަން ހޮޅިތަކަށް ގެއްލުންވެފައިވާކަމަށް ދެކެވޭ ވާހަކަތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޮގުކޮށްފިއެވެ. މިއަދު މެންދުރު ހިނގި މި ހާދިސާ ރިޕޯޓުކުރުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެ ސަރަހައްދު މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައެވެ.

އެފްޑީސީން ހާމަކުރިގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިމާރާތުގެ ކުނި އުކާލާ ނިޒާމާއި ވެންޓިލޭޝަނަށް ގެއްލުން ލިބިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ ހަބަރުތައް ނުފެތުރުމަށް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ. މީގެ އިތުރުން، އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކުނި އުކާލުމަށް ކަނޑައެޅިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި ނޭޅުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.