ކޯވިޑް-19ގެ ނުރައްކަލުން އަރައިގަތުމަށް ކުރި ހަރަދު 2.89 ބިލިއަން ރުފިޔާއަށް

ކޯވިޑް-19ގެ ނުރައްކަލުން އަރައިގަތުމަށް ކުރި ހަރަދު 2.89 ބިލިއަން ރުފިޔާއަށް

ކޯވިޑް-19 ނުރައްކަލުން އަރައިގަތުމަށް ރާއްޖެއިން ކުރި ހަރަދު 2.89 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ދިވެހި ދައުލަތުން ކޯވިޑާ ދެކޮޅަށް ކުރި ހޭދައިގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ގޮތުން 1.40 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން އެކި ފަރާތްތަކަށް 1.49 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ސިއްހީ އަދި އިޖުތިމާއީ ގޮތުން ކުރި ހަރަދަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިންނެވެ. އެއީ 868 މިލިއަން ރުފިޔާ އެވެ. ހެލްތު މިނިސްޓްރީން 273.4 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗުން 88.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ތަކެތި ގަތުމަށް 561.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މުއައްސަސާތަކުގެ ހިންގުމުގެ ހަރަދުގެ ގޮތުގައި 184.4 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ހޭދަކޮށްފަ އެވެ.

އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން ދައުލަތުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ވިޔަފާރިތަކަށް ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށެވެ. އެގޮތުން ކޯވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި 1.15 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 221.1 މިލިއަން ރުފިޔާ އާއި ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 117.1 މިލިއަން ރުފިޔާ ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހޭދަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *