ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖައްސަވައިފި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖައްސަވައިފި

Author
ޢަލީ އާދަމް
10 ޖެނުއަރީ 2021 03:27
0

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މުޙައްމަދު މަބްރޫކް އަޒީޒް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއަދާހަމައަށް ހުންނެވި އިބްރާހީމް ހޫދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ.

މަބްރޫކް މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ އަންޑަރސެކްރެޓަރީގެ މަގާމުގައެވެ. އަދި ކޯވިޑް-19ގެ ހާލަތާގުޅިގެން އުފެއްދި އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ސްޕޯކްސް ޕަރސަންގެ ގޮތުގައި ވެސް މަބްރޫކް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރައިސް އޮފީހުގެ ތަރުޖަމާނުގެ ރަސްމީ އެކައުންޓުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަގާމަށް މަބްރޫކް އައްޔަންކުރައްވާފައި ވަނީ ޖެނަވަރީ މަހުގެ1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަދި ރައީސް އޮފީހުގެ ތަރުޖަމާނުގެ ރަސްމީ ޓުވިޓަރ އެކައުންޓްގެ ނަންވެސް މިހާރު ވަނީ އިބްރާހީމް ހޫދުގެ ނަމުން މަބްރޫކް އަޒީޒްގެ ނަމަށް ބަދަލުކޮށްފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.