ހުކުމް ތަންފީޒުކުރަމުންދާ މާނުގެ މައްޗަށް ކުރާ ރިޝްވަތުގެ ދަޢުވާތަކުގެ ޙުކުމް ކުރުން ފަސްކޮށްފި

ހުކުމް ތަންފީޒުކުރަމުންދާ މާނުގެ މައްޗަށް ކުރާ ރިޝްވަތުގެ ދަޢުވާތަކުގެ ޙުކުމް ކުރުން ފަސްކޮށްފި

Author
ހުސެއިން
21 ޖެނުއަރީ 2026 09:24
0

ކޮރަޕްޝަންގެ ކުށުގައި މިހާރުވެސް ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ އިތުރު ފަސް ދަޢުވާއެއްގެ ޙުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

މި މައްސަލަތަކުގެ ޙުކުމް އިއްވުމަށް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދަށެވެ. ނަމަވެސް، ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލްކޮށް ޙުކުމް އިއްވުން ފަސްކުރަން ޖެހުނީ އިދާރީ ސަބަބަކާ ހުރެއެވެ. އެހެންކަމުން މި މައްސަލައިގެ ޙުކުމް އިއްވުން ދެން އޮންނާނީ ފަހުގެ ތާރީޚެއްގައެވެ.

ޢަބްދުﷲ މައުމޫން މިވަގުތު ގެންދަވަނީ ކޮރަޕްޝަންގެ އެހެން މައްސަލައެއް ސާބިތުވެ، 12 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ. މިއަދު ޙުކުމް ކުރަން ހަމަޖެހިފައި އޮތް މައްސަލަތަކަކީ، ކުރީގެ ޕީޕީއެމް ސަރުކާރުގައި މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި އޭނާ ހުންނެވިއިރު، 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ނާޖާއިޒު ފައިސާ ނެންގެވިކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.