ނާކާމިޔާބީ ގަބޫލުކޮށް، އާދަމް އާޒިމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަލީ އާޒިމް ދެއްވައިފި

ނާކާމިޔާބީ ގަބޫލުކޮށް، އާދަމް އާޒިމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަލީ އާޒިމް ދެއްވައިފި

Author
ޙަސަން މުޙައްމަދު
17 ޖެނުއަރީ 2026 12:38
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ ގަބޫލުކުރައްވައި، ކުރީގެ މެންބަރު އަލީ އާޒިމް، އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އާދަމް އާޒިމް ޓިކެޓު ކަށަވަރު ކުރެއްވީ އަލީ އާޒިމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. ނަތީޖާ ސާފުވުމާއެކު، އަލީ އާޒިމް ވަނީ މިރޭ އާދަމް އާޒިމަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި އެ މަންޒަރު ފެންނަ ވީޑިއޯއެއް "އެކްސް" ގައި ހިއްސާކުރައްވަމުން އޭނާ ވަނީ އެމްޑީޕީއަށް އަބަދުވެސް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އެ ފޯނު ކޯލުގެ ތެރެއިން އާދަމް އާޒިމް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އެންމެން ގުޅިގެން، އެކުގައި މަސައްކަތް ކޮށްދެއްވުމަށް އަލީ އާޒިމްގެ ކިބައިން އެދިވަޑައިގެންފައެވެ. އާދަމް އާޒިމްގެ އެ ހުށަހެޅުއްވުމަށް އިޖާބަދެއްވައި އަލީ އާޒިމް ވަނީ، މާތްﷲ ގެ ވާގިފުޅާއެކު އެކަމަށް މަސައްަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.