ހުޅުމާލޭ "ބްރަންޗް ހައުސް" ގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި، މީހަކަށް އަނިޔާއެއް ނުވޭ

ހުޅުމާލޭ "ބްރަންޗް ހައުސް" ގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި، މީހަކަށް އަނިޔާއެއް ނުވޭ

Author
ހުސެއިން
09 ޖެނުއަރީ 2026 10:19
0

ހުޅުމާލެ ފޭސް އެކެއްގައި ހިންގަމުން އަންނަ "ބްރަންޗް ހައުސް" ކެފޭގައި ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭ މެންދަމު 00:58 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ އޭގެ ގާތްގަނޑަކަށް 20 މިނެޓް ފަހުން، ރޭ 01:19 ހާއިރުއެވެ.

މި ހާދިސާގައި ކެފޭއަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.