ވޭނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ޕެޓްރޯލަށް ނުކުމެ އުޅުނު ފުލުހުންނަށް ތުހުމަތުކުރެވިގެން އިއްޔެ ހުޅުމާލޭ ބަނދަރު ސަރަހައްދުން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 31 އަހަރުގެ އެމްޑީ ޖޮވެލް ހޮސެން އެވެ.
އޭނާ ދުއްވަމުންދިޔަ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވެ އެވެ. ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މި މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށް މިއަދު އާންމުކުރި މައުލޫމާތުގައި ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީން މިހާރު ގެންދަނީ ޑީޕޯޓްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ