ޓްރަމްޕްގެ އިންޒާރު: މުޒާހިރާކުރާ މީހުން މަރާނަމަ އިރާނުގެ ރައްޔިތުން ހިމާޔަތްކުރަން ދާނަން

ޓްރަމްޕްގެ އިންޒާރު: މުޒާހިރާކުރާ މީހުން މަރާނަމަ އިރާނުގެ ރައްޔިތުން ހިމާޔަތްކުރަން ދާނަން

Author
އައިޝަތު އަޙްމަދު
03 ޖެނުއަރީ 2026 07:19
0

އީރާނުގެ އިގްތިސާދު ހަލާކުވެ، ރައްޔިތުންގެ ދިރިއުޅުން ދަށަށް ދިއުމާ ގުޅިގެން ފެށި މުޒާހަރާތަކުގައި ބަޑިޖަހާ، ސުލްހަވެރިކޮށް މުޒާހަރާ ކުރާމީހުން މަރަން ފަށައިފިނަމަ އެކަމާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އެމެރިކާ ޑޮލަރު އަށް 42،125 ރިޔާލް ޖެހުމާ ގުޅިގެން އީރާނުގެ ބައެއް ސަރަހައްދުތަކުގައި މި ހަފްތާގައި ފެށި މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހުން މަރުވެ، ބައެއް މީހުން ޒަހަމްވެފައިވެއެވެ. "އަހަރެމެން މިތިބީ ތައްޔާރަށް، އީރާނުގެ ސަލާމަތަށް އަންނާނަން" ކަމަށް ޓްރަމްޕް ޓްރޫތް ސޯޝަލްގައި ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ އޮފިޝަލުން ވަނީ އެގައުމުގެ ދާޚިލީ ކަންކަމުގައި އެމެރިކާއިން ވަދެފިނަމަ "މުޅި ސަރަހައްދުގެ ސުލްހައަށް ބުރޫއަރުވާ، އެމެރިކާގެ މަސްލަހަތުތައް ނައްތާލާނެ" ކަމަށް އިންޒާރުދީފައެވެ. ލޮރެސްޓަން ޕްރޮވިންސްގެ އަޒްނާ ސިޓީގެ ޕޮލިސް ސްޓޭޝަނަކަށް މުޒާހަރާކުރާ މީހުން ވަދެ ހިންގި ހަޅުތާލުތަކުގައި ތިން މީހަކު މަރުވެ، 17 މީހަކު ޒަހަމްވި ކަމަށް އީރާނު މީޑިއާއިން ރިޕޯޓުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.