އައްޑޫސިޓީއާ 17،911 ކިލޯމީޓަރު ދުރުން، 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނަތް

އައްޑޫސިޓީއާ 17،911 ކިލޯމީޓަރު ދުރުން، 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނަތް

Author
އަހުމަދު
02 ޖެނުއަރީ 2026 08:51
0

މެކްސިކޯގެ ގުއެރޭރޯ ސްޓޭޓަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކުރައްވައިފިއެވެ. 10 ކިލޯމީޓަރު އަޑިއަށް ހިނގައިދިޔަ މި ބިންހެލުން އައި ސަރަހައްދަކީ އައްޑޫސިޓީއާ 17،911 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މި ހާދިސާއާ ގުޅިގެން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މި ބިންހެލުމުން ރާއްޖެއަށް ސީދާ ނުރައްކާއެއް ނުކުރާނެ ކަމަށެވެ. މި ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ރިޕޯޓެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.