ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކި 5 މީހަކު ހައްޔަރު

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކި 5 މީހަކު ހައްޔަރު

Author
ހުސައިން
02 ޖެނުއަރީ 2026 08:46
0

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނެތި ބަނގުރާ ވިއްކި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މި ދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރާއެކު ސަފާރީ ބަލައި ފާސްކުރި އިރު 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދިވެހި މީހާއަކީ ހ. ބިންމަތީގެ މުހައްމަދު މަނިކު، 52 އެވެ. ބިދޭސީންގެ ތެރޭގައި އިންޑިއާ، ބަންގުލަދޭޝް އަދި ސްރީލަންކާގެ މީހުން ހިމެނެ އެވެ. ހައްޔަރުކުރި ފަސް މީހުންވެސް ކޯޓުން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.