17،000 އަށްވުރެ ގިނަ ކޯލަކަށް މިދިޔަ އަހަރު ޖަވާބުދީފި: ޑރ. އައިޝަތު ޝިހާމް

17،000 އަށްވުރެ ގިނަ ކޯލަކަށް މިދިޔަ އަހަރު ޖަވާބުދީފި: ޑރ. އައިޝަތު ޝިހާމް

Author
ޙަސަން މުޙައްމަދު
31 ޑިސެމްބަރ 2025 07:37
0

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ހޮޓްލައިނަށް މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 17،000 އަށްވުރެ ގިނަ ކޯލު ލިބިފައިވާކަމަށާއި، އެހުރިހާ ކޯލަކަށް ޖަވާބުދީފައިވާކަމަށް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު އަންނަ ކޮންމެ ކޯލަކަށްވެސް ޖަވާބުދެވޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހިދުމަތް ފަސޭހަކޮށްދިނުމުގެ ގޮތުން އާ ހޮޓްލައިން ނަންބަރު 1433 ތައާރަފްކޮށްފައިވާއިރު، މި ނަންބަރަށް ގުޅާ ކޮންމެ ފަރާތަކަށްވެސް ބޭނުންވާ ހިދުމަތް ލިބިގެންދާނެކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.