ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ދިވެހި ލިބާސް ލެވޭ ގޮތަށް ޤަވާއިދު އިސްލާހުކޮށްފި

ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ދިވެހި ލިބާސް ލެވޭ ގޮތަށް ޤަވާއިދު އިސްލާހުކޮށްފި

Author
ހުސައިން
31 ޑިސެމްބަރ 2025 12:44
0

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ރަސްމީ ގަޑީގައި ދިވެހި ލިބާސް ލެވޭ ގޮތަށް މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ. ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާޢީ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން ޤަވާއިދު އިސްލާހުކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވިއެވެ.

އާ ޤަވާއިދުގައި ސިވިލް ސާވިސް އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ފާސްކުރި ހެދުމެއް ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުމެއް ބޭނުންކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ފިރިހެން މުވައްޒަފުން ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ތިބެން ވާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖައްސުމާއި ޝޭޑްކޮށް ހައިލައިޓް ކުރުން ވެސް މުވައްޒަފުންނަށް މި ޤަވާއިދުން މަނާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.