ދިރާގުން 2026 އަށް ޚާއްސަ އަގުހުރި އިންޓަނެޓް ޕެކޭޖްތައް ތައާރަފްކޮށްފި

ދިރާގުން 2026 އަށް ޚާއްސަ އަގުހުރި އިންޓަނެޓް ޕެކޭޖްތައް ތައާރަފްކޮށްފި

Author
ހުސައިން
29 ޑިސެމްބަރ 2025 03:04
0

ދިރާގުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކަސްޓަމަރުންނަށް އަގުހުރި އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ. މި ޕެކޭޖްތަކުގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޑޭޓާ ބޭނުންވާ ހުރިހާ ކަސްޓަމަރުންނަށް މެދު އެކަށީގެންވާ އޮފާތައް ހިމެނެ އެވެ.

މި އޮފާތަކުގެ ތެރޭގައި ފްލެކްސީއަވާ އެޑް-އޮން އަކީ އެންމެ 10 ރުފިޔާއިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީ ޑޭޓާ ލިބޭ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެކެވެ. އަދި ދިގު މުއްދަތުގެ ޕްލޭންތަކުގެ ގޮތުގައި ސަޅި 365 ޑޭސް، ސަޅި 180 ޑޭސް އަދި ސަޅި 90 ޑޭސް ޕްލޭންތައް ވެސް ތައާރަފްކޮށްފައިވެ އެވެ.

ސަޅި 365 ޑޭސް ޕްލޭންއިން އެއް އަހަރު ދުވަހަށް 765ޖީބީ ޑޭޓާގެ އިތުރުން ގާނާ އެޕްލިކޭޝަން މެދުވެރިކޮށް މުޅިން ހިލޭ ލަވަ އަޑުއަހާލެވޭނެ އެވެ. މި ޕްލޭންގައި ދުވާލަކަށް 1ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ، 300ޖީބީ އެންޓަޓެއިންމެންޓް ޑޭޓާ އަދި ދިރާގު އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ އެވެ.

ސަޅި 180 ޑޭސް ޕްލޭންގައި 1 ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަން ހިލޭ ލިބިގެންދާއިރު، ސަޅި 90 ޑޭސް ޕްލޭންގައި ދުވާލަކަށް 2ޖީބީ ޑޭޓާ، 120ޖީބީ އެންޓަޓެއިންމެންޓް ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބޭނެ އެވެ. ދިރާގުން ބުނީ މި އޮފާތަކަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި ތައާރަފްކުރާ ހާއްސަ ޕެކޭޖްތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.