ގެދޮރުވެރިޔާގެ 3،879 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާގެ 3،879 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
އައިޝަތު އަޙްމަދު
29 ޑިސެމްބަރ 2025 11:50
0

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4،000 ފްލެޓުގެ ތެރެއިން 3،879 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފiއެވެ. މީގެތެރޭގައި 2،800 ފްލެޓަކީ 3 ކޮޓަރީގެ ފްލެޓުތަކެއް ކަމަށާއި 1،200 ފްލެޓަކީ 2 ކޮޓަރީގެ ފްލެޓުތަކެއް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް 399 ފަރާތަކަށް ފްލެޓުގެ ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު މި ޕްރޮޖެކްޓުގެ މަސައްކަތް ނިމިފައިވަނީ 32 އިންސައްތައެވެ. ނަމަވެސް މިހާރު މި ޕްރޮޖެކްޓުގެ 68 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

މި ސްކީމްގެ ދަށުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ހުރިހާ ފަރާތްތަކަށް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. މި މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށް މިނިސްޓްރީން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.