އިންތިހާބަށް ހޭލުންތެރިކުރަން އީސީން ޓިކްޓޮކް މުބާރާތެއް ފަށައިފި

އިންތިހާބަށް ހޭލުންތެރިކުރަން އީސީން ޓިކްޓޮކް މުބާރާތެއް ފަށައިފި

Author
އަލީ ރައޫފް
27 ޑިސެމްބަރ 2025 09:25
0

އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޓިކްޓޮކް މުބާރާތެއް ހުޅުވާލައިފި އެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ މި މުބާރާތުގައި އެކިފަރާތްތަކުން ހިމެނޭ ޓީމުތައް ވެސް ބައިވެރިވެވިދާނެ އެވެ. ވީޑިއޯއެއް ހެދުމަށް ހޮވޭނީ ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިއުންތަކާއި، އިންތިހާބުގައި ކޮށްގެން ނުވާނެ ކަންކަމާއި، ވޯޓުލުމުގެ މުހިންމުކަމާއި، ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން ފަދަ މައުލޫތަކުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެއްވަނަ ހޯދާ ޓީމަކަށް 5،000 ރުފިޔާއާއި، ދެވަނަ ހޯދާ ޓީމަކަށް 3،000 ރުފިޔާއާއި، ތިންވަނަ ހޯދާ ޓީމަކަށް 2،000 ރުފިޔާ ލިބިގެންދާނެ އެވެ. މުބާރާތަށް ތައްޔާރުކުރާ ވީޑިއޯއެއް ވަކި ސިޔާސީ ކޮޅަކަށް ބުރަވެގެން ނުވާނެ ކަމަށާއި، ނަފްރަތު އުފެއްދުމުގެ އެއްވެސް ކަމެއް ހިމެނިގެން ނުވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އިސްލާމް ދީނުގެ ހަމަތަކާ ހިލާފު މަންޒަރުތައް ވެސް ހިމެނިގެން ނުވާނެ އެވެ. ވީޑިއޯގެ ދިގުމިން ހުންނަން ޖެހޭނީ 30 ސިކުންތާއި 90 ސިކުންތާ ދެމެދުގަ އެވެ. މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.