މާލޭގައި ވައްކަން ކުރުން އިތުރުވެފައިވާ އެއް ބޮޑު ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުގެ ތެރޭގައި ދޫކޮށްލައިގެން ތިބުން ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލްލާ ރަޝީދު ވިދާޅުވީ ގާތްގަނޑަކަށް 1000 މީހުން ތަކުރާރުކޮށް ކުށްކުރަމުން އަންނަ ކަމަށާއި މާލޭގައި ހިނގާ ހުރިހާ ވައްކަމެއްގައި ވެސް އެ މީހުން ހިމެނޭ ކަމަށެވެ.
އެ ބައިމީހުންގެ ތެރެއިން ބައެއް މީހުން މިއަހަރު މިހާތަނަށް 1012 ފަހަރު ހުއްޓުވައި ސުވާލުކޮށް 128 ފަހަރު ހައްޔަރުކުރެވިފައިވާއިރު އަނެއް ބައި މީހުން 580 ފަހަރު ހުއްޓުވައި ސުވާލުކޮށް 55 ފަހަރު ހައްޔަރުކުރެވިފައިވެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓާއި ފުލުހުން މިލިއަރުވެގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް އަބްދުލްލާ ރަޝީދު ވިދާޅުވިއެވެ. އެގޮތުން އެންމެ ގިނައިން ކުށްކުރާ މީހުންގެ ލިސްޓެއް ތައްޔާރުކޮށް، އެމީހުން މުޖުތަމައުން އެކަހެރިކުރުމަށް ވީހާވެސް އަވަހަކަށް ހުކުމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ