ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި މިހާތަނަށް ބޭނުންވެފައިވާ ގަރާޖު ހުއްދަ ހުށަހެޅުން މިހާރު ލާޒިމް ނުވާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނީ މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީކުރުމުގައި ބޭނުންނުވާނެ ކަމަށެވެ. ނަމަވެސް އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި، ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ