އަންނަ އަހަރުގެ އޭޕްރިލް 26 ގައި ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ ކޮމިޓީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޖުމްލަ 154 ކެންޑިޑޭޓުން އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލައިފި އެވެ.
އެމްޑީޕީން މިއަދު ހާމަކުރި ގޮތުގައި، ކައުންސިލް އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުންނާއި، ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުން ކުރިމަތިލައިފައިވެ އެވެ. އަންހެނުންގެ ކޮމިޓީގެ ޓިކެޓަށް 23 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރަށްރަށުން 15 އަދި މާލެއިން 8 މީހުން ހިމެނެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ 16 ވާ ހުކުރު ދުވަހު މެންދުރު 2:30 އިން ރޭގަނޑު 8:00 އަށް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. ބައެއް ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަނުކޮށް ވެސް ޓިކެޓު ދީފައިވާ ކަމަށް ބުނެފައިވިޔަސް، އެ ތަފްސީލުތައް އަދި އިއުލާނެއް ނުކުރެ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ.
ކޮމެންޓު ފޮނުވާ