މާލޭގައި ހޭޒްގެ އަސަރުގަދަވެ، ސިއްހަތަށް ނުރައްކާވާ ހިސާބަށް ވައި ނުސާފުވެއްޖެ

މާލޭގައި ހޭޒްގެ އަސަރުގަދަވެ، ސިއްހަތަށް ނުރައްކާވާ ހިސާބަށް ވައި ނުސާފުވެއްޖެ

Author
އައިޝަތު އަޙްމަދު
22 ޑިސެމްބަރ 2025 06:23
0

މާލެ ސަރަހައްދުގައި ހޭޒްގެ އަސަރު ބޮޑުވެ، ވައިގެ ސާފުތާހިރުކަން ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށްވެއްޖެ އެވެ. ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްގެ އެއާ ކޮލިޓީ މޮނިޓާ ސިސްޓަމުން ދައްކާގޮތުން މިއަދު މި ސަރަހައްދުގައި އެއާ ކޮލިޓީ އިންޑެކްސް ހުރީ 175 ގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ރަތް އެލާޓު ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައި ހުރުމެވެ.

އެއާކިއުއައި 151-200 އާ ދެމެދުގައި ހުންނަނީ ސިއްހަތަށް ނުރައްކާވާ މިންވަރެއްގައި ކަމަށާއި، މި ހާލަތުގައި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް އޮންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ. އެ އިދާރާއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

އައިކިއުއެއާ ވެބްސައިޓުގައި ހުރި މައުލޫމާތަށް ބަލާއިރު، ޕީއެމް 2.5 މިހާރު ކޮންމެ ކިއުބިކް މީޓަރެއްގައި 90 މައިކްރޯގްރާމްގައި ހުރެ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 18 ގުނަ މަތީ މިންވަރެކެވެ. ހޭޒްގެ ސަބަބުން ވިޒިބިލިޓީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކޮންމެ އަހަރެއްގެ އިރުވައި މޫސުމާ އެކު ހިމާލިޔާ ސަރަހައްދުގެ ހިރަފުހާއި ދުމުގެ އަސަރު ރާއްޖެ މި ކަނޑުގެ ސަރަހައްދަށް ކުރާ ކަން މިހާތަނަށް ފާހަގަކުރެވިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.