ޓޫރިޒަމް ދާއިރާއަށް 10 މަސްތެރޭގައި 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ޓޫރިޒަމް ދާއިރާއަށް 10 މަސްތެރޭގައި 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

Author
ހުސެއިން
22 ޑިސެމްބަރ 2025 09:29
0

މި އަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި އަހަރުގެ ޖެނުއަރީ މަހު 12.4 ބިލިއަން ރުފިޔާއަށް ހުރި ޓޫރިޒަމް ދާއިރާގެ ލޯނު އޮކްޓޫބަރު މަހާ ހަމައަށް 13.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ވެސް މާލީ އިދާރާތަކުން އެންމެ ބޮޑު އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމް ދާއިރާއަށެވެ. މިހާރު 100 އަށް ވުރެ ގިނަ ރިސޯޓު ތަރައްގީ ކުރަމުން އަންނަ އިރު، މި ދާއިރާގައި 67،000 އެނދު ބޭނުންކުރަމުން އަންނަ ކަމަށާއި، އޭގެ 65 ޕަސެންޓު ނިސްބަތްވަނީ ރިސޯޓުތަކަށް ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ލޯނުގެ ގޮތުގައި ދެވަނައަށް އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ކްރެޑިޓް ކާޑުތަކާއި އަމިއްލަ ފަރާތްތަކަށް ދިން ލޯނުތަކަށް ކަމަށާއި އެ އަދަދު 8.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ކޮންސްޓްރަކްޝަން ދާއިރާއަށް 8.4 ބިލިއަން ރުފިޔާގެ ލޯނު ދީފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 46 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އެއީ 10 މަހުން ތިން ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ދަނޑުވެރިކަމަށް އެންމެ މަދު އަދަދަކަށް، 18 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.