ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ މޫދު އަޑީގައި އޮއްވާ ފެނިއްޖެ

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ މޫދު އަޑީގައި އޮއްވާ ފެނިއްޖެ

Author
ޢަލީ އާދަމް
09 ޖެނުއަރީ 2021 06:04
0

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު 17 އަހަރުގެ ފިރިހެން ކުއްޖެާ ފެނިއްޖެ އެވެ.

އެކުއްޖާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ނެވެ. އެ ކުއްޖާ ފެނިފައި ވަނީ މިއަދު 17:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާއަށް މިހާރު ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ 16:47 ހާއިރު އެވެ. އިތުރު ކުދިންތަކަކާއެކު މޫދަށް އެރި އުޅެނިކޮށް މި ކުއްޖާ ގެއްލުނީ "މާނޭރާ" ސަރަހައްދަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.