ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫއުން އެއް މިލިއަން ގަހުގެ ލަނޑުދަނޑި ހާސިލްކޮށްފި

ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫއުން އެއް މިލިއަން ގަހުގެ ލަނޑުދަނޑި ހާސިލްކޮށްފި

Author
އަހުމަދު
20 ޑިސެމްބަރ 2025 09:32
0

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވި ފަސް މިލިއަންއަ ގަސް އިންދުމުގެ ޤައުމީ މަޝްރޫއުން އެއް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލްކޮށްފި އެވެ. މި މަޝްރޫއު ފެށީ ކުރީ އަހަރުގެ ޖޫން 1 ގަ އެވެ.

މި ކާމިޔާބީގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހާސް ގަސް އިންދުން ހިމެނެ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި ރިސޯޓުތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ރިސޯޓުތަކުން 1.4 މިލިއަން ގަސް އިންދުމަށް ރާވާފައިވެ އެވެ.

މި ޤައުމީ މަޝްރޫއަށް ބޭނުންވާ ގަސް ހޯދުމުގެ ގޮތުން ލ. ގަމުގައި ދެ ޚާއްސަ ނާސަރީ ތަރައްޤީކުރުމަށް މިދިޔަ މަހު އެންވަޔަރަމެންޓް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މި ނާސަރީތަކަކީ 20،000 އަކަފޫޓާއި 100،000 އަކަފޫޓުގެ ދެ ނާސަރީއެކެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 55،000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

ގަސް އިންދުމުގެ މި ޤައުމީ މަޝްރޫއުގައި ކައުންސިލްތަކާއި ސަރުކާރީ އިދާރާތަކާއެކު އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް ރާއްޖޭގައި ހުރި ބޭރު އެމްބަސީތަކުންވެސް ހިއްސާވަމުންދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.