ވަގު ޓެލެގްރާފިކް ޓްރާންސްފާ ހަދައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ހުސެއިން ޝިފާއަށް 109 އަހަރަށް ޖަލަށްލުމުގެ ހުކުމް އިއްވައިފި އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާއެއްގެ ތެރެއިން ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
މި މައްސަލާގައި ޝިފާއަށް ކުރި ހުކުމުގައި މަނީ ލޯންޑްރިންގެ ކުށުގައި 70 އަހަރާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 30 އަހަރާއި ސައްހަ ނޫން ލިޔުން ދިނުމުގެ ކުށުގައި 9 އަހަރުގެ ޖަލު ހުކުމް ކޮށްފައިވެ އެވެ. ޝިފާއުގެ ފަރާތުން އެދުނީ ގޭބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭބަންދުކުރުމަށެވެ. އޭނާގެ ވަކީލް ވިދާޅުވީ ޝިފާއުއަކީ ޒިންމާދާރު މީހެއް ކަމަށާއި މި މައްސަލާގެ ފަހުން އިތުރު ރެކޯޑެއް ނެތް ކަމަށެވެ.
ހުސެއިން ޝިފާއުއަކީ މިހާރުގެ ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ކުރިން އައްޔަން ކުރި މީހެއް ކަމަށްވާއިރު، އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ