ކްރިމިނަލް ކޯޓް ހާޒިރުކުރަން ބޭނުންވެ މީހަކު ހޯދަނީ

ކްރިމިނަލް ކޯޓް ހާޒިރުކުރަން ބޭނުންވެ މީހަކު ހޯދަނީ

Author
އަހުމަދު
18 ޑިސެމްބަރ 2025 07:01
0

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ހއ.މޮޅަދޫ އާޒާދު، އަހްމަދު ޢަބްދުﷲ (32އ) ހޯދަން ފުލުހުން ފަށައިފިއެވެ.

އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކްރިމިނަލް މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، އަހްމަދު ޢަބްދުﷲ ބަންދުގައި ބަހައްޓައިގެން ދިސެމްބަރު 21 ވަނަ ދުވަހުގެ 09:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަން ފުލުހުން ހާމަކުރިއެވެ. އަހްމަދު ޢަބްދުﷲ އާ ބެހޭ މަޢުލޫމާތު ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.