ފުލުހުން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރާއާއި މަސްތުވާތަކެތި ހޯދައި އިންޑިއާ ތިން ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ރިޢާޔަތްކޮށް ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި 500 އެމްއެލްގެ 12 ފުޅިއާއި ފަސް ލީޓަރުގެ ތިން ފުޅި އަދި 12 ޓައްޕު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެތި ހުރި ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް އަދި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުތައް ވެސް ހޯދިފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ޓިނޯ ގަނެސަން، 25 އަހަރުގެ އަރުޖުން ކުއްޕަން އަދި 33 އަހަރުގެ އަނީޝް ޕުޝްޕަކަރަންއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ތިން މީހުން ވަނީ ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ