އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އަންނަ މަހު 30 ގައި

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އަންނަ މަހު 30 ގައި

Author
އަހުމަދު
18 ޑިސެމްބަރ 2025 09:57
0

އިދިކޮޅު އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހު 30 ގައި ބޭއްވުމަށް ނިންމައިފި އެވެ. މިދިޔަ ހޯމަ ދުވަހު އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މި ނިންމުން ފާސްކޮށްފައިވާ ކަމަށް "ރަސް" އަށް ހަބަރު ލިބިފައިވެ އެވެ.

އެމްޑީޕީން ވަނީ މިދިޔަ އޮގަސްޓް މަހު ފަހުކޮޅު ކައުންސިލް އިންތިހާބަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. ޕްރައިމަރީގައި އެންމެ ބޮޑު އަތްޕޮޅު ހިފާނެ ކަމަށް ބެލެވެނީ މާލޭ މޭޔަރު ކަމުގެ ޓިކެޓަށް ވާދަކުރާނެ ހަމަލާއަށެވެ. މި ޓިކެޓަށް މިހާރުގެ މޭޔަރު އަދި ރައީސް މުހައްމަދު ސާލިހުގެ ފަޅިން ނުކުންނަވާ އާދަމް އާޒިމާއި، ކުރީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ނުކުންނަވާ އަލީ އާޒިމް ވާދަކުރައްވާނެ އެވެ. އެހެންކަމުން ޕާޓީގެ ދެ ބޮޑު ފަރާތުގެ ވައްޓަފާޅި ބެލޭ މި މުބާރާތް ވަރަށް ވާދަވެރި ވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.