މި އަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް މީޑިއާ ކޮމިޝަނުން ޢާންމުކުރައްވައިފި އެވެ.
މި މިންގަނޑުގައި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި، ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިސްލާމްދީނާއި ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ޤައުމީ ސަލާމަތާއި އިޖުތިމާޢީ އަޚުލާޤު ދެމެހެއްޓުމާއި، މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުމާއި، ތެދު މައުލޫމާތު އިންސާފުވެރިކަމާއެކު ހާމަކުރުން ހިމެނެ އެވެ.
މިންގަނޑުގައި ވަނީ އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރާނަމަ އެ ފަރާތުގެ ހުއްދަޔާއެކު ކްރެޑިޓް ދޭންޖެހޭކަމަށާއި، އޭއައި ބޭނުންކުރާނަމަ އެކަން ބަޔާންކުރަންޖެހޭކަމަށެވެ. މި މިންގަނޑާ ޚިލާފުވެއްޖެނަމަ ޤާނޫނުގެ ދަށުން 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެކަމަށާއި، ކުށް ރަނގަޅުކުރުމަށާއި މަޢާފަށް އެދުމަށް އަންގާފާނެކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ