ފުލުހުންގެ ޔުނީފޯމަކީ އަމާނާތެއް އަދި އަދުލުވެރިކަމުގެ ރަމްޒެއް: ސީޕީ

ފުލުހުންގެ ޔުނީފޯމަކީ އަމާނާތެއް އަދި އަދުލުވެރިކަމުގެ ރަމްޒެއް: ސީޕީ

Author
އަހުމަދު
16 ޑިސެމްބަރ 2025 06:12
0

41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯސް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ފުލުހުންގެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ، ތަމްރީނުން ބިނާކޮށްދެވުނު ޝަހްސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، ފުލުހުން އިހްތިޔާރުކުރީ ފަސޭހަ މަގެއް ނޫންކަމަށާއި، މިއީ ވަރަށް ބުރަ ޒިންމާދާރު އަދި ގުރުބާނީތަކެއް އެކުލެވޭ މަގެއްކަމުގައެވެ. ނަމަވެސް މިއީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށާއި، މިއީ ޤައުމީ ގޮވާލުމަކަށް އިޖާބަދިނުމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ޔުނީފޯމަކީ އަމާނާތެއްކަމަށް ބުނެ، އެހެންކަމުން ޔުނީފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. ގައުމު ބަރޯސާވަނީ ހިތްވަރުގަދަ، ހަރުދަނާ، އަޒުމްވަރުގަދަ އަދި އަދުލުވެރި ފުލުހުންނަށްކަމަށް ވިދާޅުވެ، ރައްޔިތުންނަށް އިތުބާރު ހިފޭ، އިންސާފުވެރި އަދި ރައްކާތެރި މާހައުލެއް ބިނާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.