ވީއައިއޭގެ އާ ޓާމިނަލުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އާ ޓާމިނަލުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި

Author
އަހުމަދު
14 ޑިސެމްބަރ 2025 03:22
0

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް އެއްގެ ހިދުމަތަށް ޑިސްކަވާ އެއާލައިންސް މިއަދު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލު ފާހަގަކުރުމަށް ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި، އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވާލާފައެވެ. އެ އެއާލައިންގެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސާލުމުން ވޯޓާ ސެލިއުޓް ދީ، ރާއްޖެއައި ދަތުރުވެރިންނަށް ހޫނު މަރުހަބާއެއް ދަންނަވައިފައިވެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އަދި އެ ކުންފުނީގެ އިސްވެރިން ރަސްމިއްޔާތުގައި ބައިވެރިވެ ދަތުރުވެރިންނަށް މަރުހަބާ ދެންނެވިއެވެ. މި ބަދަލާއެކު އާ ޓާމިނަލުން ހިދުމަތް ދޭ މަތިންދާބޯޓުތަކުގެ އަދަދު 31 އަށް އިތުރުވެއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.