ދުވާފަރުގައި 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ދުވާފަރުގައި 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

Author
އަހުމަދު
13 ޑިސެމްބަރ 2025 12:02
0

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ވަޑައިގެން ކުރިއަށް ގެންދިޔަ ހަފުލާތަކުގެ ތެރެއިން އެ ރަށުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ. މީގެ އިތުރުން ދުވާފަރު ހިއްކި ބިމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމާއެކު، އެ ރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވެސް ހަވާލުކޮށްފައި ވެއެވެ.

ނަމަވެސް މި މަޝްރޫއުތަކަށް ހަރަދުވާ އަދަދާއި މަޝްރޫއުތަކުގެ މުއްދަތުގެ ތަފްސީލު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމް ހިދުމަތެއް ވެސް ހުޅުވައިދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.