ދުވާފަރު ހިއްކި ބިމަށް ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދުވާފަރު ހިއްކި ބިމަށް ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
އަހުމަދު
13 ޑިސެމްބަރ 2025 11:56
0

ރ. ދުވާފަރުގައި ހިއްކި ބިމަށް ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީންއެވެ.

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ދުވާފަރުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި ސްޕެއާ ފޯރުކޮށްދިނުން ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. 143.11 މިލިޔަން ރުފިޔާ ހަރަދުކޮށްގެން 22.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މި ބިން ހިއްކުމުގެ އެއް ބޮޑު މަގްސަދަކީ ރަށުގައި ދިރިއުޅޭ 4900 އަށް ވުރެ ގިނަ އާބާދީއަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. 2010 ވަނަ އަހަރު މީހުން އާބާދުކުރި ދުވާފަރަކީ ރާއްޖޭގެ މުހިންމު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.