ދުވާފަރުގައި އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ފަށައިފި

ދުވާފަރުގައި އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ފަށައިފި

Author
އަހުމަދު
13 ޑިސެމްބަރ 2025 11:55
0

ރ.ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމް ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ހިދުމަތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ރިޒާ، ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުހައްމަދު އަލީ، ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމާއި އެރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށްވާތީ، މި އަހަރު ނިމޭއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެ ކުރިން އެކި ރަށްރަށުގައި ހުރީ ބީއެމްއެލްގެ އޭޓީއެމްތައް ހަމައެކަނި ކަމަށްވާއިރު، އެއްވެސް ބޭންކެއްގެ އޭޓީއެމެއް ނެތް ރަށްތަކެއް ވެސް ހުއްޓެވެ. އެމްއައިބީ ފަދަ ބޭންކުތަކުން އޭޓީއެމް ހިދުމަތް ފުޅާކުރުމުން، މަސްވެރިން ހިމެނޭހެން ރައްޔިތުންނަށް ބޭންކިންގް ހިދުމަތްތައް ހޯދުން ފަސޭހަވެ، އިގްތިސާދީ ގޮތުން ރަށަށް ފައިދާއެއް ލިބިގެންދާނެއެވެ. މިހާރުގެ ސަރުކާރުން ކުދި ބޮޑު ހުރިހާ ރަށެއްގައި ހަމަހަމަ ކަމާއެކު ހިދުމަތްތައް ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.