ދުވާފަރުގައި ފިއުލް ޝެޑެއް ރައީސް ހުޅުވައިދެއްވައިފި

ދުވާފަރުގައި ފިއުލް ޝެޑެއް ރައީސް ހުޅުވައިދެއްވައިފި

Author
އަހުމަދު
13 ޑިސެމްބަރ 2025 11:53
0

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ކުރައްވާ ދަތުރުފުޅުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ ފިއުލް ޝެޑެއް ހުޅުވައިދެއްވައިފިއެވެ.

ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލް ރައީސް ހަސަން ހަކީމާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އަދި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އަދި ދައުލަތުގެ ބައެއް ވަޒީރުންނާއި އެސްޓީއޯގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ކޮންމެ އަތޮޅެއްގައި މަސްވެރިންނަށް އެއްގަދަ އަގެއްގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ހުޅުވިގެންދާ ފިއުލް ސްޓޭޝަނެވެ. އެސްޓީއޯއިން ބުނީ މިގޮތަށް ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްޓޭޝަން ބެހެއްޓޭނެ ކަމަށެވެ. ދުވާފަރުގައި މި ޝެޑް ހުޅުވުމުން އެސަރަހައްދުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން ގަބޫލުކުރެއެވެ.

މީގެ އިތުރުން މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.