ރާއްޖޭގެ އުތުރުގައި އޮންނަ ރ. ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ކަމަށްވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.
މި ރަސްމިއްޔާތުގައި ރަށުގެ ވެރިން އަދި އަވަށުގެ މަސްއޫލުވެރިން ވެސް ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ