ވެނެޒުއޭލާގެ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިން އަތުލައިގެންފި

ވެނެޒުއޭލާގެ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިން އަތުލައިގެންފި

Author
އަހުމަދު
11 ޑިސެމްބަރ 2025 03:15
0

ވެނެޒުއޭލާގެ އައްސޭރިފަށުން ދަތުރުކުރި ބޮޑު ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިން އިއްޔެ އަތުލައިގެންފިއެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ މިހާތަނަށް އެމެރިކާއިން އަތުލައިގަތް އެންމެ ބޮޑު ޓޭންކަރު ކަމަށެވެ.

އެޓާނީ ޖެނެރަލް ޕާމް ބޮންޑީ ހާމަކުރެއްވި ގޮތުގައި މި ޓޭންކަރަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ވެނެޒުއޭލާ އާއި އީރާނުގެ ސާފުނުކުރާ ތެޔޮ ސަޕްލައި ކުރުމަށް ބޭނުންކުރި އުޅަނދެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެފްބީއައި އާއި ޑިފެންސް ޑިޕާޓްމަންޓާއި ހޯމްލޭންޑް ސެކިއުރިޓީ އަދި ކޯސްޓްގާޑް ގުޅިގެންނެވެ.

މި ފިޔަވަޅާ ގުޅިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ މިއީ ބައިނަލްއަގުވާމީ ކަނޑުފޭރުމުގެ އަމަލެއް ކަމަށް ސިފަކޮށް، ވެނެޒުއޭލާ ދުވަހަކުވެސް "ތެޔޮ ކޮލޮނީ" އަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިއްޔެ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.