އަންނަ އަހަރުގެ އެޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއުކުރި މި ރިޕޯޓުގައި، ކޮންމެ ސިޓީއެއް ނުވަތަ ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތާއި އެ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ތަފްސީލު ހިމަނާފައިވެ އެވެ. މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ފިޔަވައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް، އަދި އައިޑީ ކާޑު ކޮޕީއެއް ހަމައަށް ހުށަހެޅުމުންނެވެ.
ކުރިއަށް އޮތް އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
ކޮމެންޓު ފޮނުވާ