މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވަނީ 2012 ވަނަ އަހަރު ކުރެއްވި ސިޔާސީ ޕޯސްޓެއް ޑިލީޓްކޮށްލާފައެވެ. 2012 ސެޕްޓެމްބަރު 9 ގައި އެކްސްގައި ކުރި އެ ޕޯސްޓުގައި އާޒިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރަން އިސްކޮށް ހަރަކާތްތެރިވީ ތިން ބަތަލުން ކަމަށާއި، މިއީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތްކުރި ތިން ބަތަލުންގެ ވާހަކަ ތަކުރާރުވުން ކަމަށެވެ.
އާޒިމްގެ އެ ޕޯސްޓުގައި ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ޓެގުވެސް ކުރައްވާފައިވެ އެވެ. އާޒިމް އެ ޕޯސްޓު ޑިލީޓްކުރަން ހައްދަވައިގެން އެ ޕޯސްޓު މިއަދު ވަނީ ވަރަށް ބޮޑަށް ވައިރަލްވެ، ނަޝީދަށް ތާއީދުކުރާ ބޭފުޅުންނާއި އެމްޑީޕީ ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އާޒިމް އެ ޕޯސްޓު ޑިލީޓްކުރި ސަބަބެއް މިހާތަނަށް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ