ސްރީ ލަންކާއަށް މިއަދުވެސް މޫސުން ގޯސްވެ، އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ނުވަ ސަރަހައްދަކަށް ރަތް ސަމާލު ނެރެފިއެވެ. މިއަދުގެ ރޭގަނޑު 11:00އާ ހަމައަށް ސަބަރަގަމުވާ، ހުޅަނގު އަދި ދެކުނު ސަރަހައްދުތަކަށާއި ކުރުނެގަލާއަށް ބޯކޮށް ވާރޭ ވެހި، ގުގުރުމުގެ ފުރުސަތު ބޮޑުކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މި މޫސުން ގޯސްވުމުގެ ފަހަތުގައި އޮތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ވިލާގަނޑެއް މި ހަފުތާގައި ތޫފާނަކަށް ބަދަލުވުމުގެ ލަފާކަމަށް ބީބީސީން ބުނެފައިވެއެވެ. ހޯމަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ލަންކާގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ.
މިއީ މިދިޔަ މަހު ތޫފާން ޑިޓާވްއާ ގުޅިގެން ލަންކާއަށް ލިބުނު ބޮޑު ގެއްލުމަށްފަހު، އެ ގައުމަށް ދިމާވާ އިތުރު ގޮނޑުދޮށެކެވެ. ފާއިތުވި ވިއްސާރައިގައި 600 އަށްވުރެ ގިނަ މީހުން މަރުވެ، 190 މީހުން ގެއްލިފައިވާއިރު، މިހާރު އަންނަ މޫސުން ގޯސްވުމުގެ ސަބަބުން އެ ގައުމު ދެވަނަ ފަހަރަށް ބޮޑު ހާލަތަކާ ކުރިމަތިލާން ތައްޔާރުވަމުންދެއެވެ.
ކޮމެންޓު ފޮނުވާ