ޖަޕާނަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް އޮފީސް

ޖަޕާނަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް އޮފީސް

Author
އަހުމަދު
08 ޑިސެމްބަރ 2025 08:23
0

މިރޭ ޖަޕާނަށް އައި 7.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުން، ރާއްޖެ ގަޑިން މިރޭ 19:32 ގައި އައި މި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އައްސޭރިފަށުން 70 ކިލޯމީޓަރު ދުރުން އަދި 33 މޭލު އަޑީގައެވެ. ބިންހެލުން ހިނގީ އައޮމޯރީ އާއި ހޮކައިޑޯގެ ސަރަހައްދުގަ އެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ވަނީ ނެރެފަ އެވެ. ނަމަވެސް މެޓް އޮފީހުގެ ފޯކާސްޓަރު ބައެއް މީޑިއާތަކަށް މައުލުމާތު ދެމުން ވިދާޅުވީ މި ބިންހެލުމުގެ އަސަރުތައް ރާއްޖެއަށް ނުފޯރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.