އިންތިޚާބަށް ބޭނުންވާ 7000 އޮފިޝަލުންގެ ތެރެއިން ލިބުނީ 3000 އޮފިޝަލުން

އިންތިޚާބަށް ބޭނުންވާ 7000 އޮފިޝަލުންގެ ތެރެއިން ލިބުނީ 3000 އޮފިޝަލުން

Author
އަހުމަދު
07 ޑިސެމްބަރ 2025 04:58
0

އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ބޭނުންވާ 7000 އޮފިޝަލުންގެ ތެރެއިން މިހާތަނަށް ހުށަހަޅާފައި ވަނީ 3000 މީހުންގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޓްރޭނަރ ފާތިމަތު ޒުހުދާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބުނީ، މި މަހުގެ 21 ވަނަ ދުވަހު އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، އަދިވެސް ވަރަށް ގިނަ އޮފިޝަލުން ބޭނުންވާ ކަމަށެވެ. ރަށްރަށަށް ކޮމިޝަނުން ކުރި ދަތުރުތަކުގައި ވަރަށް ގިނަ ބަޔަކު އޮފިޝަލް ކަމަށް ކުރިމަތިލާން ޝައުޤުވެރިކަން ހުރިކަން ފާހަގަވި ނަމަވެސް، އޮންލައިންކޮށް ހުށަހެޅުމުގައި ބައެއް މީހުންނަށް ދަތިތައް ދިމާވާކަން ވެސް އޭނާ ފާހަގަކުރިއެވެ. މިފަދަ ދަތިތަކަށް އިލެކްޝަންސްގެ ހޮޓްލައިން 1414 އިން އެހީތެރިކަން ލިބޭނެ ކަމަށް ޒުހުދާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުން ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. 18 އަހަރު ފުރިފައިވާ އަދި ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ. އޮފިޝަލުންނަށް 1000 ރުފިޔާއިން 2900 ރުފިޔާއަށް އުޖޫރަ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ޓްރޭނަރުން ތަމްރީންކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި، އޮފިޝަލުން ތަމްރީންކުރުން ރޯދަ މަހުގެ ކުރިން ފަށާނެ ކަމަށް ޒުހުދާ މައުލޫމާތު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.