ސުޕަމެޖޯރިޓީގެ ނާޖާއިޒު ފައިދާ ނުނަގާނނަން: މަޖިލިސް ރައީސް

ސުޕަމެޖޯރިޓީގެ ނާޖާއިޒު ފައިދާ ނުނަގާނނަން: މަޖިލިސް ރައީސް

Author
އަހުމަދު
04 ޑިސެމްބަރ 2025 07:01
0

ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި އޮތް ނަމަވެސް، އެކަމުގެ ނާޖާއިޒު ފައިދާ ނުނަންގަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖަލްސާތައް ނިންމާލެއްވުމަށްފަހު ގައުމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ޤާނޫނުއަސާސީއާއި ގަވާއިދުތަކާ އެއްގޮތަށް، ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތު ދީގެން ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގައިވެސް ފާއިތުވި ދުވަސްތަކުގައި ނަމޫނާ ދައްކާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ 20ވަނަ މަޖިލީހުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި މި މަޖިލީސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.