ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

Author
އަހުމަދު
04 ޑިސެމްބަރ 2025 03:25
0

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކުރި ގޮތުގައި، ތާރުއެޅުން ފެށީ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ދެމިގެންދާ 130 މީޓަރުގެ ސެގްމަންޓް 1 ގައެވެ. މި ސެގްމަންޓްގެ މަސައްކަތުގެ ތެރޭގައި މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖައްސައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ.

ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ޖުމްލަ 830 މީޓަރުގެ މަގު ހަތަރު ލޭނަށް ތަރައްޤީކުރާއިރު، ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް ހިމެނޭނެއެވެ. މަސައްކަތް އަވަސްކުރުމަށް އެމްޓީސީސީން 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު، ދެވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން އީއައިއޭ ހެދުމާއި އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

144.5 މިލިޔަން ރުފިޔާގެ މި މަޝްރޫޢު އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.