ޔޫކްރައިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފੋނުއްވި މަންދޫބުންނާއެކު ރަޝިއާއިން ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުތެވެ.
ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ދަނބިދަރި ޖެރާޑް ކުޝްނާ، ކްރެމްލިންގައި ރައީސް ޕުޓިންއާއެކު ފަސް ގަޑިއިރުގެ މަޝްވަރާތައް ކުރެއްވި ނަމަވެސް، ޔޫރަޕާއި ޔޫކްރައިންގެ ހުށަހެޅުންތައް ހިމެނޭ އެމެރިކާގެ ޕްލޭން ބަލައިނުގަނެވޭނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.
ދެ ގައުމުގެ މައިގަނޑު ހިޔާލުތަފާތުވުން އޮތީ ރަޝިއާއިން ހިފާފައިވާ ޔޫކްރައިންގެ ބިންތަކާއި، ޔޫކްރައިންގައި ބޭރުގެ އަސްކަރީ ބާރެއް ބੈތިއްބުމާ މެދުގައެވެ.
"ޔޫރަޕުން ހަނގުރާމައެއް ބޭނުން ނަމަ އަހަރެމެން މިހާރުވެސް ތައްޔާރު" ޕުޓިން ވިދާޅުވިއެވެ.
މި މަޝްވަރާތަކުގެ ތަފްސީލަށް އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމަށް ޔޫކްރައިންގެ ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ