ކްރައުން އެންޑް ޗަމްޕާގެ 11 ވަނަ ރިސޯޓު، ނަލަ މޯލްޑިވްސް ހުޅުވައިފި

ކްރައުން އެންޑް ޗަމްޕާގެ 11 ވަނަ ރިސޯޓު، ނަލަ މޯލްޑިވްސް ހުޅުވައިފި

Author
އަހުމަދު
01 ޑިސެމްބަރ 2025 07:33
0

ޅ. އަތޮޅުގައި ކުރިން ހިންގި އިންނަހުރާ ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް، 'ނަލަ މޯލްޑިވްސް ބައި ޖާވާކަރަ’ގެ ނަމުގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ރިސޯޓު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ އެވެ. ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވި ގޮތުގައި މިއީ ދެ އަހަރުގެ ބުރަ މަސައްކަތުން ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީކުރި ލަގްޒަރީ ރިސޯޓެކެވެ.

ވެލާނާ އެއާޕޯޓުން ސީޕްލޭންގައި 35 މިނެޓުން ދެވޭ މި ރިސޯޓުގައި 80 ކޮޓަރިއާއި 7 ރެސްޓޯރެންޓް އަދި ސްޕާއެއް ހުރެ އެވެ. މިއީ 12 އަހަރުން މަތީގެ މީހުންނަށް ހާއްސަ ރިސޯޓެކެވެ. ކުޑަކުދިންނާ އެކު އަންނަ ފަތުރުވެރިންނަށް ޖެހިގެން އޮންނަ ޖާވާކަރަ ރިސޯޓުގައި ތިބެވޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.