ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީ ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީ ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

Author
އަހުމަދު
01 ޑިސެމްބަރ 2025 02:13
0

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީ ކުރުމުގެ ހިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން މެދުކަނޑާލައިފި އެވެ.

މިނިސްޓަރު މުހައްމަދު އަމީން މިއަދު އެކްސްގައި ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ އެއްގަމު ދަތުރުފަތުރާ ބެހޭ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ހުށަހެޅުއްވި މި ބިލުގައި ގާނޫނާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ބިދޭސީންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.