ސޯލިހުއާއި ޝާހިދުގެ ނުފޫޒާހެދިކަމަށް ބުނެ ވަގުތީ ޗެއާޕާސަންކަމުން ވަހީދު ދުރަށް

ސޯލިހުއާއި ޝާހިދުގެ ނުފޫޒާހެދިކަމަށް ބުނެ ވަގުތީ ޗެއާޕާސަންކަމުން ވަހީދު ދުރަށް

Author
އަހުމަދު
30 ނޮވެމްބަރ 2025 07:55
0

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު އެ މަގާމު ދޫކޮށްލައްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓު ގުނުމުގައި މައްސަލަ ޖެހި ހޫނުވެގެން ދިޔައެވެ. ފަހުން ބެލިބެލުމުން ވަހީދަށް 48 ވޯޓް ލިބި އިންތިޚާބު ކާމިޔާބު ކުރެއްވިކަން ކަށަވަރުވިއެވެ.

ނަމަވެސް ވަހީދު ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޑްވައިޒަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާއީދާއެކު ކަމަށެވެ. އެހެންނަމަވެސް ވޯޓާ ހަމައަށް ދިޔައިރު އެ ދެ ބޭފުޅުން އަމަލުކުރެއްވީ ވިދާޅުވިގޮތާ ޚިލާފަށް ކަމަށް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން އެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާނެކަން ޔަގީންވާ ކަމަށް ވިދާޅުވެ، ޕާޓީގެ އެއްބައިވަންތަކަމަށްޓަކައި އެ މަގާމުން އެއްފަރާތްވެވަޑައިގަންނަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ފައްޔާޒު އިސްމާއީލް ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވިފަހުން އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.