ސުޕްރީމް ކޯޓު މިއަދުން ފެށިގެން އެއް މަހުގެ ރިސެސްއަކަށް

ސުޕްރީމް ކޯޓު މިއަދުން ފެށިގެން އެއް މަހުގެ ރިސެސްއަކަށް

Author
އަހުމަދު
30 ނޮވެމްބަރ 2025 02:00
0

ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓު މިއަދުން ފެށިގެން 2026 ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ރިސެސްއަށް ދާނެ ކަމަށް އެ ކޯޓުން އިޢުލާންކޮށްފިއެވެ.

ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ. ނަމަވެސް ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފިނަމަ ރިސެސް ނިމުމަކަށް އައިސް ކުރީގެ ދައުރު އަލުން ފެށޭނެއެވެ.

ޤާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ ރިސެސް ތެރޭގައި ވެސް އަޑުއެހުންތައް ބޭއްވިދާނެއެވެ. އެހެންނަމަވެސް މިއަހަރު އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ. ރިސެސް ތެރޭގައި މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.