ޑޮލަރު ވިއްކާކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އޮޅުވާލި މީހަކު ހައްޔަރުކޮށްފި

ޑޮލަރު ވިއްކާކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އޮޅުވާލި މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
30 ނޮވެމްބަރ 2025 02:01
0

ސޯޝަލް މީޑިއާގައި ޑޮލަރު މާރުކޮށްދޭ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ 23 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒަރުގެ، މުހައްމަދު ޝާވިން އެވެ. އޭނާ ހައްޔަރުކުރީ ވައިބާ ގްރޫޕަކުން ޑޮލަރު ގަންނަން ބޭނުންވި މީހެއްގެ އަތުން 1250 ޑޮލަރު ނެގުމަށްފަހު އެއަށްވާ ދިވެހި ރުފިޔާ ނުދީގެން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެންޓި ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޯންސް ޓީމުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ހުޅުމާލެއިން ފައިސާއާ ހަވާލުވެގެން ދަނިކޮށެވެ.

ފުލުހުން ބުނީ ޝާވިން އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށް ފައިސާ ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާ ނުވަތަ މުދާ ނަގަމުންދިޔަ ކަމަށެވެ. މި މައްސަލައިގައި އޮޅުވާލައިގެން ހޯދި 1250 ޑޮލަރާއި އިތުރު ދެ މައްސަލައެއްގެ ފައިސާ ވެސް ވަނީ ރިކަވާކޮށްފަ އެވެ. ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.