އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ނުހޮވި، ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ނުހޮވި، ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ

Author
އަހުމަދު
29 ނޮވެމްބަރ 2025 12:23
0

ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވަގުތީ ބޭފުޅަކު އައްޔަންކުރުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނަތީޖާއެއް ނުނެރެވި ނިންމާލަން ޖެހިއްޖެއެވެ.

މިރޭ ބޭއްވުނު މި ޖަލްސާގައި ޗެއާޕާސަންކަމަށް ދެ ނަމެއް ހުށަހެޅުނެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދުގެ ނަން ހުށަހެޅިއިރު، ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅީ ކުރީގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ނަމެވެ. ނަމަވެސް ޕާޓީގެ ލީގަލް ޓީމުން ލަފާ ދިނީ އަސާސީ ގަވާއިދު އޮތް ގޮތުން އަސްލަމަށް ކުރިމަތިނުލެއްވޭނެ ކަމަށެވެ. ސަބަބަކީ އޭނާއަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވާތީއެވެ.

އެއާއެކު އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އެހި ނަމަވެސް، ފާސްވާން ބޭނުންވާ 48 ވޯޓު ހަމަނުވެ 47 ވޯޓު ލިބި އެ ނަން ފެއިލްވީއެވެ. މި ނަތީޖާއާއެކު ޖަލްސާ ހޫނުވެ، ވަގުތީ ޗެއާޕާސަނެއް ނުހޮވި ބައްދަލުވުން މިރެ ވަނީ ނިންމާލަން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.